English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީގެ އަށްވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތް މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ފަށައިފިއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ބައްދަލުކުރީ ސީއާރުސީއޭ އާއި، ހޮރައިޒަން އެކެޑަމީގެ ޖޫނިއަރ ޓީމެވެ. މި މެޗު ތިންމެޗު ދެމެޗުން ކާމިޔާބުކުރީ ސީއާރުސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ވިމެންސް އިވެންޓުގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ އޭބީސީ (ސީ) އާއި، އޭބީސީ (އޭ) ޓީމެވެ. މިމެޗު ސީދާ ފަސް މެޗުން ކާމިޔާބުކުރީ އޭބީސީ (ސީ) ޓީމެވެ. މި މުބާރާތުގެ ކުޅުން މިރެއަކު ނޯންނާނެއެވެ. ދެން މެޗުތައް ކުޅެވޭނީ މާދަމާއެވެ. މާދަމާ ހަވީރާއި ރޭގަނޑުގައި ޖުމްލަ ތިން މެޗު ކުޅެވޭނެއެވެ.