English Edition
Dhivehi Edition

ލ.ލިންކްރޯޑުގައި ވޭނަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހެނދުނު 9.20 އެހާކަށްހާއިރު ހިނގި މިއެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެކްސިޑެންޓްގައި ސައިކަލާއި ވޭނަށް އެކި ވަރުގެ ގެއްލުން ވެފައި ވެއެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޭން އަނބުރާލަން އުޅުމުގެ ތެރޭ ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. ވޭން ދުއްވަން އިނީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ސައިކަލް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދެމީހުންގެ އަތުގައި ވެސް ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.