English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަހްމަދު އަކްރަމް - ފޮޓޯ: ފަޔާޒް މޫސާ (ސަން)

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ޚިޔާލުތަކާއެކު ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަޙްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އަކްރަމް ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ޒަމާނުއްުރެ އައްޑޫގައި ބޭނުންކުރަމުން އައި ނަންތައް ކިޔުމަށް އީސީ އިން ކުރި މަސައްކަތަށް، އައްޑޫ ސިޓީގެ ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވައިފަ އެވެ.

“إِنْ شَاءَ ٱللّٰهُ‎. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ޚިޔާލުތަކާއެކު”، އަކްރަމް ވިދާޅުވި އެވެ.

އަކްރަމް މިހެން ވިދާޅުވިއިރު، ކުރިން އީސީ އިން އާންމުކުރި އައްޑޫ ސިޓީގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާމެދު އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެ ދާއިރާތަކަށް ދީފައިވާ ނަންތަކަށް އީސީ އިން ވަނީ އިސްލާޙުތަކެއް ގެނެސްފަ އެވެ.

އައްޑޫ ސިޓީގެ ދާއިރާތައް:

  1. ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާ
  2. ހިތަދޫ ކޮރޮވައު ދާއިރާ
  3. ހިތަދޫ ބޭރުމަތި ދާއިރާ
  4. ހިތަދޫ މެދުވައު ދައިރާ
  5. ހިތަދޫ ރަސްގެދަރު ދާއިރާ
  6. ހިތަދޫ މާމެންދޫ ދާއިރާ
  7. މަރަދޫ ދާއިރާ
  8. މަރަދޫ ފޭދޫ ދާއިރާ
  9. ފޭދޫ، މަގޫދޫ ދާއިރާ
  10. ފޭދޫ މާދެލަ ދާއިރާ
  11. ހުޅުދޫ ދާއިރާ
  12. މީދޫ ދާއިރާ