ވ. ފެލިދޫއިން މޫދަށް އެރިއުޅުނު އިޓަލީގެ ފަތުރުވެރިއަކު އޮޔާ ދަނިކޮށް ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި އެއިދާރާއަށް މީހަކު އޮޔާދާކަން އެނގުނީ މިއަދު މެންދުރު 11.40 އެހާކަށް ހާ އިރު އިޓަލީގެ ފަތުރުވެރިއަކު ރޮމުން ޕޮލިސް ސްޓޭޝަނަށް އައިސް އޭނާގެ ފިރިމީހާ އޮޔާ ދާކަމަށް ބުނުމުން ކަމަށެވެ. އެވަގުތު ފެލިދޫ ޕޮލިސް ވަނީ މޫދަށް އެރި އޮޔާ ދިޔަ ފަތުރުވެރިޔާ ސަލާމަތްކޮށް އެއްގަމާއި ހަމަޔަށް ގެނެސްދީފައެވެ. އޮޔާދިޔަ ފަތުރުވެރިޔާ ގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއެވެ.