English Edition
Dhivehi Edition

މާފުށީގައި ދިރިއުޅޭ ބިދޭސީއެއްގެ ގެއިން އެކި ބްރޭންޑް ތަކުގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ފެނިއްޖެ އެވެ. ފުލުހުން ބުނީ ރޭ 19.20 އެހާކަށްހާއިރު ކ.މާފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ބަނދަރު މަތީ ހުރި ބިދޭސީއަކަށް ޝައްކު ކުރެވިގެން ހުއްޓުވާ ބަލައިފާސްކުރި އިރު 7 ދަޅު ބިޔަރު ފެނިފައިވާކަމަށާއި މިމައްސަލަ އާއި ގުޅިގެން 24 އަހަރުގެ ބަނގްލަދޭށީ ފިރިހެނަކު ހައްޔަރު ކުރިކަމަށެވެ.

އެމީހާ ހައްޔަރުކޮށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 09.30 އެހާކަށްހާއިރު އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރިއިރު އެކި ބްރޭންޑް ތަކުގެ 42 ފުޅި ބަނގުރަލާއި 203 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.