ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ހުރިހާ ޚިދުމަތެއް މިހާރު މުޅި އައްޑޫ ސިޓީއިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގޭބިސީތަކުން ކުނިނެގުމާއި، ކެފޭ އަދި ވިޔަފާރިތަކަށް ޚާއްސަ ކުނި ނެގުމުގެ ޚިދުމަތް އެ ކުންފުނިން މިހާރު އައްޑޫ އަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ބޮޑެތި ކުނި އުކާލުމަށް ޚާއްސަ ވެމްކޯ ކެޕްސްގެ ޚިދުމަތްވެސް ވެމްކޯ އިން ވަނީ އައްޑޫގައި ފަށައިފަ އެވެ.
WAMCO ge hushihai hidhumathah miko Addu City e.
Geybisee thakun kuni negumuge furihama khidhumah. Café adhi viyafaari thakah haassa kuni negumuge khidhumah. Adhi bodethi kuni ehlumah WAMCO CAPS.
? Register keraah: WAMCO South Office, S. Hithadhoo
Nunfehey ?1666 gulhaala pic.twitter.com/34QkRfOX53— WAMCO (@WAMCOmv) December 24, 2019
ވެމްކޯ އިން ބުނީ އައްޑޫ ސިޓީގައި އެ ކުންފުނީގެ ޚިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކުން ހިތަދޫގައި ހުންނަ ވެމްކޯގެ ދެކުނު އޮފީހަށް ވަޑައިގެން ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އަދި އެ އޮފީހުގެ ނަންބަރު 1666 އަށް ގުޅުއްވައިގެންވެސް ރަޖިސްޓްރީކުރެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
2009 ވަނަ އަހަރު ވުޖޫދަށް އައި ވެމްކޯއިން އައްޑޫ ސިޓީގައި ޚިދުމަތް ދޭން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ވެމްކޯ އިން ކުނި އުކާލަދިނުމަށް ޗާޖުކުރަނީ ކޮންމެ ގެއަކަށް މަހަކު 100ރ. ގެ ރޭޓުންނެވެ.