ރ.އަތޮޅުން ފެށިގެން އައްޑޫސިޓީ އަށް 40މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުގެ އެ ސަމާލުގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މި ސަމާލުނެރެފައިވަނީ މިއަދު 18:15 އިން ފެށިގެން މިރޭ 22:30 އަށެވެ.
#AlertWhite issued for the area between Raa and Addu City pic.twitter.com/MuP0fl1yrI
— Maldives Meteorology (@MetMaldives) December 22, 2019
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
އެހެންކަމުން އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.އަދި ހާއްސަކޮށް މިވަގުތު ހުދުސަމާލު ނެރެފައިވަ ސަރަހައްދު ތަކުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.