English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ލެސްޓާ ސިޓީ އަތުން 3-4 ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓްގައި ޖަހައި އާސެނަލް ލީޑު ނަގާދީފައިވަނީ މި ސީޒަނުގައި ޓީމާއި އަލަށް ގުޅުނު ފޯވާޑް، އަލެކްސެންޑާ ލަކަޒޭޓްއެވެ.އެހެން ނަމަވެސް މެޗުގެ ފަސްވަނަ މިނިޓްގައި ލެސްޓާގެ ޝިންޖީ އޮކަޒަކި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވާއިރު، މެޗުގެ 29 ވަނަ މިނިޓްގައި ވާޑީ ވަނީ ލެސްޓާއަށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ހޯދައިދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑެނީ ވެލްބެކް ވަނީ މެޗުގެ ނަތީޖާ އާސެނަލްއަށް ހަމަހަމަ ކޮށްދީފައެވެ.

ދެވަނަ ހާފް ފަށައިގެން 11 ވަނަ މިނިޓްގައި ލެސްޓާ ސިޓީގެ ރިޔާޒް މާރޭޒް ކޯނަރަކުން ހުރަސްކުރި ބޯޅަ ގޯލަށް ވައްދާލައިގެން ބޮލުން ވައްދާލައިގެން ޖޭމްސް ވާޑީ ވަނީ ދެވަނަ ފަހަރަށް ލެސިސްޓާއަށް ލީޑު ނަގާދީފައެވެ.އެހެން ނަމަވެސް އާސެނަލްއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީ ހަމަހަމަކޮށްދިފައިވަނީ މެޗުގެ 83 ވަނަ މިނިޓްގައި ރަމްސީއެވެ. އަދި އޭގެ ދެ މިނިޓްފަހުން ޖިރައުޑް ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު އާސެނަލްއަށް މެޗު ނިމެން ކާރި ވެފައިވަނިކޮށް ހޯދައިދީ މެޗުގެ ތިން ޕޮއިންޓް އާސެނަލްއަށް ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗުގައި އާސެނަލް މޮޅުވި ލަނޑައި އެއްވަރު ކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ރަމްސީ އާއި ޖިރޯޑްއެވެ.ރޭގެ މެޗުގައި ޖިރޯޑް ކާމިޔާބު ކުރި ލަނޑަކީ އޭނާ އާސެނަލްގެ ޖާޒީގައި ކާމިޔާބު ކުރި 50ވަނަ ގޯލްއެވެ.