English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީން މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުކޮށް ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ޕްރިމައަ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ސްޓޯކު ސިޓީ ކުޅުނުމެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނީ ސްޓޯސް ސިޓީންނެވެ. މި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މިދިޔަ ސީޒަންގައި ޖާމަންގެ ބުންޑަސް ލީގާގައި ކުޅުނު ޗޫޕޯ މޮޓިން އެވެ.

މޮޓިންގެ ލަނޑުން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެން ދިޔަ ނަމަވެސް ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތުގައި މެންޗެސްޓާ ޔުނައިޓެޑަށް ލިބުނު ކޯނަރަކުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.މި ލަނޑަކ މިކިޓާރިއަން ހުރަސް ކުރި ބޯޅަ ޕޮގްބާ ބޮލުން ގޯލައަށް ޖެހިވަގުތު ރަޝްފޯޑުގެ ބޮލުގައި ޖެހި ޑިފްލެކްޓް ވެގެން ވަން ލަނޑެކެވެ.

ދެ ވަނަ ހާފު ފަށައިގެން މޮޅައަށް ކުޅެ މެޗުގެ 57 ވަނަ މިނެޓުގައި ރޮމެއަ ލުކާކޫގެ ލަނޑުން ޔުނައިޓެޑް ފުރަތަމަ ފަހަރަށް ލީޑު ނެގި ނަމަވެސް ސްޓޯކު ސިޓީން ވަނީ ދެ ވަނަ ފަހަރަށް ޗޫޕޯ-މޮޓިން 63 ވަނަ މިނެޓުގައި ޖެހި ގޯލުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ މޮރީނިއޯ ބުނީ އެއް ޕޮއިންޓާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ޓީމުން މޮޅުވެވޭ ތޯ ވަރަށް މަސައްކަތް ކުރި ކަމަށެވެ.މޮރީނިއޯ ބުނީ ރޭގެ މެޗުގައި މޮޅުވާން މަސައްކަތް ކޮށްފައިވަނީ އެއް ޓީމު ކަމަށާއި އަނެއް ޓީމް މަސައްކަތް ކޮށްފައިވަނީ ޕޮއިންޓެއް ހޯދަން އެހެން ކަމުން ޕޮއިންޓް ހޯދަން މަސައްކަތްކުރި ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ.

ޕްރިމައަ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އިން ފަސޭހަ ކަމާއި އެކު އެފްސީ ބޯންމަތު ބަލި ކުރި އިރު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއިން ވަނީ ލެސްޓާ ސިޓީ 2-1 ލަނޑުން ބަލި ކޮށްފައެވެ.