English Edition
Dhivehi Edition

ޝަމްސުއްދީން ސްކޫލުގައި އޯޓިޒަމް ދުވަސް ފާހަގަ ކޮށްފިއެވެ. އިއްޔެ ހެނދުނު ޝަމްސުއްދީން ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި މިދުވަސް ފާހަގަ ކުރީ ކުލަގަދަކޮށެވެ. އޯޓިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގައި ސްކޫލުގެ އިސް ދަރިވަރުންވަނީ ދުވަހާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

އެސެމްބްލީގައި ވާހަކަ ދައްކަމުން ސްކޫލުގެ ކެޕްޓަން މިސްކާ ވަސީމު ބުނީ އޯޓިޒަމް ޖެހިފައިވާ ކުދިންނަށް ހުރިހާ ކުދިންވެސް އަޅާލާން ޖެހޭ ކަމަށާއި އެކުދިންނާއި ގުޅިގެން ހުރިހާ ކުދިންވެސް މަސައްކަތް ކުރަން ވާނޭކަމަށެވެ. މީގެ އިތުރަށް މިސްކާ ވަނީ ހުރިހާ ކުދިންވެސް އޯޓިޒަމް ޖެހިފައިވާ ދަރިވަަރުންނަށް އަޅާލުމަށް އިލްތިމާސް ކޮށްފައެވެ.

މި އެސެމްބްލީގައި ދަރިވަރުންނާއި މުހާތަބުކޮށް ހެލްތް އެންޑް ސައިން ކްލަބުގެ ޕްރެސިޑެން އަޒްހާން ޖަމާލު ބުނީ އޯޓިޒަމް ޖެހިފައިވާ ދަރިވަރުންނަކީ އެއްވެސް ގޮތަކަށް ދެރަ ބައެއް ނޫންކަމަށާއި އެކަމުގެ މިސާލު ރާއްޖެއިން ވެސް ފެންނަން އެބަހުރިކަމަށެވެ. މީގެ އިތުރުން އަޒްހާން ބުނުއްވީ އަލް ހާފިޒް މުހައްމަދު ނަބީލް އަކީ މިކަމުގެ ދިރި ހުރި ހެއްކެއް ކަމަށް އަޒްހާންގެ ވާހަކައިގައި ބުންޏެވެ،

ޝަމްސުއްދީން ސްކޫލުގައި މިފަދަ މުނާސަބާތައް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވެއެވެ. އަދި ހާއްސަކޮށް މިއަހަރު ޝަމްސުއްދީން ސްކޫލުގައި އެފަދަ މުނާސަބާތްތައް ކުލަގަދަކޮށް ފާހަގަ ކުރަމުން ދާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށް އިސްކޫލުގެ ޑެޕިިއުޓީ ކެޕްޓަން މުހައްމަދު ހިޒްޔަމް ބުންޏެވެ.