English Edition
Dhivehi Edition

އިރުޝާދިއްޔާ ސްކޫލުން، ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެސްކޫލުގައި ވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. މި ޚާއްޞަ އެސެމްބްލީގައި އިންގްލިޝް ޑިޕާރޓްމެންޓްގެ ފަރާތުން ވަނީ ސިއްޙަތު ދުވަހުގެ މިއަހަރުގެ ޝިޢާރު “ޑިޕްރެޝަން – ލެޓްސް ޓޯކް” ގެ ދަށުން ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

މި ޕްރެޒެންޓޭޝަނުން ދަރިވަރުންނަށް ޑިޕްރެޝަނާއި ބެހޭގޮތުން ތަފާތު މަޢްލޫމާތުތަކެއް ވަނީ ފޯރުކޮށް ދީފައެވެ. މިގޮތުން ޑިޕްރެޝަން އަކީ ކޮބައިކަމާއި، ޑިޕްރެޝަން ދެނެގަންނާނެގޮތާއި އެކަމުން އަރައިގަންނާނެ ގޮތް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ. އަދި މި ޚާއްޞަ އެސެމްބްލީގައި ސްކޫލްގެ ޕްރިންސިޕަލްވެސް ދީނީ ނަޒަރަކުން ޑިޕްރަޝަންގެ މައްޗަށް އަލި އަޅުއްވާ ވާހަކަފުޅު ދެއްކެވިއެވެ.

އޭޕްރިލް 7 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ސިއްޙަތުގެ ދުވަހެވެ. ސްކޫލް ފެންވަރުގައި ހުރިހައި ސްކޫލްތަކުންވެސް މިދުވަސް ފާހަގަ ކޮށްފައި ވެއެވެ.