އިންޑިއާގެ އަވަށެއްގެ 25 އަންހެނުން ހިމެނޭ ގުރޫޕަކުން އެމީހުންގެ ވިލެޖްގައި އުޅޭ އަހްލާގް ދަށްފިރިހެނުން ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި އެމީހުންގެ ނުބައި އާދަތައް ހުއްޓުވުމަށް ނިކުމެއްޖެވެ.
“ގްރީން ގޭންގް” ކިޔާ މިގުރޫޕުގައި އެންމެ އިސްކޮސް ހަރަކާތް ތެރިވާ އާޝާދޭވީ ބުނީ، އެމީހުންގެ ވިލެޖްގައި ގޯސްކޮށް އުޅޭއެންމެންގެ އެ އަމަލުތައް ހުއްޓުވަން މިގްރޫޕުން ނިކުތީ ސެލްފްޑިފެންސް ހަރަކާތްތައް ދަސްކުރުމަށްފަހުގައި ކަމަށެވެ. ” އަހަރެމެން މިހެން ނިކުމެ ކޮންމެ ދުވަހަކު މިސަރަހައްދު ޕެޓްރޯލް ކުރަން. އެކި ގޭގޭގައި އާއި އެކި ތަންތަނުގައި ހުންނަ ރާފުޅިތައް ހަލާކުކޮށް ޖުއާ ކުޅޭމީހުން އެއާދަތަކާއި ދުރުކުރުމަށް އެކުޅިވަރު ކުޅެން ބޭނުން ކުރާ ކާޑްތައް ނައްތާލައި. މިފަދަ ކަންކަން ހުއްޓުވަމުން މިދަނީ. އަހަރެމެންގެ ހާއްސަ ކުލައަކީ ފެހިކުލަ ” އާޝާބުންޏެވެ.
އޭނަބުނީ އޭނަގެ ފިރިމީހާ އަކީވެސް އަބަދު ރާބޮއެގެން އޭނައަށް އަނިޔާ ކުރާ މީހެއްކަމަށެވެ. އަދި ދަރީންގެ ކުރިމަތީގައި ވެސް ރާބޮއެގެން ހުރެ އާޝާގައިގައި ތަޅާމާރާމާރީ ހިންގައެވެ. އާޝާ ބުނިގޮތުގައި ހިތްވަރާ އެކު މި ގުރޫޕުން ނިކުތީ އިންޑިއާ މީހުން ދެކޭގޮތުގައި އަންހެންދަރިން ލިބުމަކީ ބަދުނަސީބެއް ކަމަށް ދެކުމާއި، ގޭތޭރޭގައި އަންހެނުންނަށް ކުރާ އަނިޔާ އަދި ކުޑަކުދިންނާއި ޒުވާނުން ރޭޕްކޮށް މެރުމާއި އަންހެނުންނަށް އެ ގައުމުގައި ރައްކަލެއް ނެތުމުން މިފަދަ ކަންކަން ހުއްޓުވައި އަންހެނުންނަށް ވެސް އެމީހުންގެ ގައުމުގައި އަމާންކަމާ އެކީ އުޅުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ.
އާޝާ ބުނީ މި”ގްރީންގޭންގް” އުފައްދަން ޚިޔާލުއައި އެންމެ ބޮޑު އެއް ސަބަބަކީ ޔުނިވާސިޓީ ގެ ދަރިވަރުންތަކެއް އެ ވިލެޖަށް ކުރި ދަތުރެއްގައި އަންހެނުންގެ ހައްގުތަކާއި ބެހޭ މައުލޫމާތު އެމީހުންނަށް ދިނުމުންކަމަށެވެ. އެމީހުން ވަނީ އެވިލްޖެ ގެ މީހުނަށް ނަންލިޔަންދަސްކޮށްދީ ބޭންކް އެކައުންޓް ހުޅުވާނެގޮތް ކިޔައިދީ ވަރަށް ގިނަ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެއްވެސް ކަހަލަ އަނިޔާއަކާ ކުރިމަތި ވާނަމަ ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރާނެގޮތްވެސް އެ ޔުނިވަސިޓީކުދިންވަނީ އެ އަވަށުމީހުންނާ ހިއްސާކޮށްފައެވެ.
އިންޑިއާގައި މިދިޔަ ހުކުރު ދުވަހުގެ ރޭވަނީ އުމުރުން 27 އަހަރުގެ ވެޓް ޑޮކްޓަރަ ކު ވަގަށް ނަގައި ރޭޕްކޮށް އޭނާ ދިރިއޮތްވައި އަންދާލާފައެވެ. އިންޑިއާގައި ދުވާލެއްގެ މައްޗަށް 5 އާއި 10 ދެމެދުގެ ރޭޕްކޭސްތައް ފައިލް ކުރެވޭއިރު ސަރުކާރުން ވަނީ މި ނުބައި އަމަލު ހުއްޓުވުމަށް ނުކުޅެދިފައެވެ. މި މައްސަލަ މުޅި އިންޑިއާގައި ހޫނުވެފައި ވަނިކޮށް އިންޑިއާގެ ހުޅަނގުގެ އަވަށެއް ކަމަށްވާ ވަރަނަސި އަށް އުފަން އާޝާދޭވީ އިސްނަގައިގެން ކުރާ މިމަސައްކަތަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.