ނަކަލުކޮށްފައިވާ (ކައުންޓަރފިޓް) ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ.
Nakalu koffaivaa (counterfeit) passporteh beynun koggen Velana International Airport in Raajje etherevumah masakkaiykuri 23 aharuge bidheysee firihenaku Maldives Immigration in huttuvaifi. #RayyithugeKhidhumathuga #BorderSecurity pic.twitter.com/KYORomBv1V
— Maldives Immigration (@ImmigrationMV) December 3, 2019
އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވާއިރު، އެ ޓްވީޓާއެކު އޭނާގެ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.
ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 26 ވަނަދުވަހުވެސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 37 އަހަރުގެ ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ. އަދި ނޮވެމްބަރު 20 ގައި ވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު 44 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުވެސް ވަގު ޕާސްޕޯޓެއްގައި ވީއައިއޭ އިން ރާއްޖެ އެތެރުވުމަށް މަސައްކަތް ކުރި ބިދޭސީ އަންހެނަކާއި، އެކަމުގައި އޭނާއަށް އެހީތެރިވާން އުޅުނު އިތުރު ބިދޭސީ ފިރިހެނަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.