Majileehah hushahelhumah 4 bileh Raees Ofeehah fonuvaifi - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ތަޢުލީމުގެ ބިލަކާއި، މަތީ ތަޢުލީމުގެ ބިލަކާއި، ނަފްސާނީ ޞިއްޙަތުގެ ބިލަކާއި، އެއްމެދު ޢިމާރާތުގެ ބިލެއް އެޓަރނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

Advt

Advertisement

އޭޖީ އޮފީހުން ބުނީ ތަޢުލީމުގެ ބިލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ދިވެހިރާއްޖޭގައި ތަޢުލީމުދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލި ބިލެއް ކަމަށެވެ.

އަދި މަތީ ތަޢުލީމުގެ ބިލަކީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ކަނޑައަޅައި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި، އެފަދަ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރކޮށް، އެ މަރުކަޒުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުޞޫލުތައް ބަޔާންކޮށްދޭ ބިލެއް ކަމަށެވެ.

މީގެ އިތުރުން ނަފްސާނީ ޞިއްޙަތުގެ ބިލަކީ، ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމަޢު އަހުލުވެރިކޮށް، އެފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ޚަރަދުގައި ފަރުވާދިނުމުގެ ނިޒާމެއް ޤާއިމުކޮށް، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާގުޅޭ އުޞޫލުތައް ބަޔާންކުރުމާއެކު، ނަފްސާނީ ބަލީގެ ފަރުވާ އާއި އެފަދަ ފަރުވާއާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުޞޫލުތައް ބަޔާންކުރުމުގެ ބިލެއް ކަމަށެވެ.

އޭޖީ އޮފީހުން ބުނީ އެއްމެދު ޢިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި، އެއްމެދު ޢިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތާއި އެތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށާއި، އެއްމެދު ޢިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި ޢިމާރާތުގެ ޢާންމު ސަރަޙައްދުތައް ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ތަޢާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

މި ބިލުތައް އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.