English Edition
Dhivehi Edition

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޙަފުލާ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި މި މިޙަފުލާގައި ޔޫއޭއީ އެމްބަސީގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ޙަފްލާގައި ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ސަޢީދު އަޙްމަދު އަލް ޝަމްސިގެ އިތުރުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. މި ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާ ފައެވެ.

ދިވެހިރާއްޖެއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 މާރިޗު 1978 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ.