ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އައްޑޫ ސިޓީ ހުޅުމީދޫ އަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި ނައިބުގެ މިޒިޔާރަތުގައި ހުޅުމީދޫގެ ސިއްހީ މަރުކަޒަށް ވަޑައިގެން އެތަނުގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރައްވައި ހެލްތްސެންޓަރުގެ މުވައްޒަފުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ބައެއް މުޢައްސަސާތަކަށާއި ފުވައްމުލަކު ސިޓީގެ ބައެއް މުޢައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ
ނައިބު ރައީސް ފައިސަލް ހުޅުމީދޫއަށް މިއަދު ވަޑައިގެންނެވީ، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު ފައިސަލް އައްޑޫ ސިޓީއަށްކުރައްވާ ފުރަތަމަ ދަތުރުފުޅެވެ