English Edition
Dhivehi Edition

ޝަމްސުއްދީން ސްކޫލުގެ ސީނިއާރ ކުދިންނަށް އެންޓި ބުލީއިންގް ވޯކްޝޮޕެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ޕްރޮގްރާމް ބާއްވަނީ ޝަމްސުއްދީން ސްކޫލްގެ މެނޭޖްމެންޓްގެ ފަރާތުންނެވެ. މިފަދަ ޕްރޮގްރާމެއް ބާއްވަން ނިންމައިފައިވަނީ މިހާރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެ މިފަދަ މައްސަލަތައް ގިނަވަމުން ދާތީއެވެ.

މިކަމާއި ބެހޭ ގޮތުން ސްކޫލްގެ ޕްރިންސިޕަލް ޝަރުފިއްޔާ އަޙްމަދް ވިދާޅުވެފައިވަނީ ބުލީކުރުން ހުއްޓުވުމަށް މަސައްކަތް ކުރަނީ ބުލީ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވުމުންކަމަށް ވާތީއެވެ. ބުލީ ކުރުމުގެ ޝިކާރައިގައި ޖެހިފައި ގިނަ ކުދިން މަރު ވަމުން ދާތީ ބުލީ ކުރުމަކީ ވަގުތުން ހުއްޓަން ޖެހޭ ކަމެއް ކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން މި ސްކޫލްގައި އެފަދަ އަމަލެއް ހިންގައިފިނަމަ އެ ދަރިވަރަކަށް ފިޔަވަޅު އެޅޭނެ ކަމައް ވެސް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.

ޝަމްސުއްދީން ސްކޫލުން މިހާރުވެސް މިފަދަ އަމަލުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.ގެންދެއެވެ.