English Edition
Dhivehi Edition

ލިޔުނީ: އީނާ ހުސެއިން މުހައްމަދު/

ޝަމްސުއްދީން ސްކޫލްގައި އިނގިރޭސި އާއި ދިވެހި ބަހުން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ކްލާސްތަކެއް ފަށައިފިއެވެ. މި އީ ދަރިވަރުންނަށް ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަގުޞަދުގައި ފެށި ޕްރޮގްރާމެއް ކަމަށް ސްކޫލުން ބުނެއެވެ. މި ކްލާސްތައް ބާއްވަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ބުރާސްފަތި ދެދުވަހުގައެވެ.

ސްކޫލް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ޝަރުފިއްޔާ އަހުމަދު ދީދީ ވިދާޅުވީ މިފަދަ ކްލާހެއް ބޭއްވުމުން ކުދިންގެ ބަސް މުއްސަނދި ވުމާއިއެކު އެހެން ކުދިންނާއި މުޚާތަބުކޮށް ވާހަކަދައްކަން ފަސް ނުޖެހޭނެ ކަމަށެވެ.. މީގެ އިތުރުން މި ޕްރޮގްރާމަކީ މުޅި އަހަރު ތެރޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށްވެސް ޝަރުފިއްޔާ ވަނީ ވިދާޅުވެފައިވެއެވެ.

މިއީ ޝަމްސުއްދީން ސްކޫލްގައި ވާހަކަދައްކަން ދަސްކޮށްދިނުމުގެ ކުލާސްތައް ބާއްވާ ފުރަތަމަ ފަހަރެވެ.