English Edition
Dhivehi Edition
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

މިއަދު ހެނދުނު މާފަރު އެއާޕޯޓަށް ދަތުރުފެށި ނަމަވެސް، ރަސްމީކޮށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. މާލެއިން މާފަރަށް އެއް ކޮޅު ޓިކެޓު ލިބޭ އަގަކީ 750ރ. އެވެ.

މާފަރު އެއާޕޯޓް ހުޅުވުމާއެކު މޯލްޑިވިއަން އިން ރާއްޖެއިން ބޭރަށް މާފަރު އެއާޕޯޓުން ދަތުރުތައް ފަށާނެއެވެ. މި އެއާޕޯޓް މެނޭޖުކޮށް ބަލަހައްޓާނީ މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުންނެވެ.

މާފަރު އެއާޕޯޓްގައި އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެއާބަސް އޭ 320 އަދި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޓާމިނަލްގައި ވަރަށް ހިތްގައިމު ވީއައިޕީ ލައުންޖެއް ވެސް ވަނީ ހިމަނާފައެވެ.

މާފަރު އެއާޕޯޓް އަޅާފައި ވަނީ ޔުނައިޑެޑް އެރެބް އެމެރިރޭޓަސް(ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ. މާފަރު އެއާޕޯޓަކީ ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގާއިމްކުރަން ފެއްޓެވި އެއާޕޯޓެކެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުވައި ވެސް ދެއްވާފައެވެ.

މިއަދު މި އެއާޕޯޓަށް ދަތުރުތައް ފެށި ނަމަވެސް، އަދި މާފަރު އެއާޕޯޓް މުޅިން އެއްކޮށް ހަދާ ނުނިމެއެވެ.