English Edition
Dhivehi Edition

ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ މައި ކުންފުނި ކަމުގައިވާ ދިރާގުން ދެމުން އަންނަ އިންޓަނެޓުގެ ޚިދުމަތަށް ބުރޫ އަރައިފި އެވެ.

ދިރާގުން ބުނީ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބައެއް ކަސްޓަމަރުންނަށް ބްރޯޑްބޭންޑްގެ ޚިދުމަތްތައް މަދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ދިރާގުން ބުނެއެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންގެ ކިބައިން މަޢާފަށްވެސް އެދިފަ އެވެ.

މިއަދު ހެނދުނުން ފެށިގެން ދިރާގުގެ އިންޓަނެޓް ޚިދުމަތް ވަނީ މެދުކެނޑިފަ އެވެ. އޭގެ ސަބަބުން ގިނަ ކަސްޓަމަރުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.