English Edition
Dhivehi Edition

ލިޔުނީ: ހިޒްޔަމް ހާމިދު/

އިންޓަރ ސްކޫލް ދިވެހި ވާހަކަ ދެއްކުމުގެ މުބާރާތުން ޝަމްސުއްދީން ސްކޫލުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ހިތަދޫ ސްކޫލުގައި ބޭއްވި މި މުބާރާތުގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ހިމަނައިގެން ޝަމްސުއްދީން ސްކޫލް އިން މުޅި އެކު ޖުމްލަ 30 ކުދިން ވަނީ ބައިވެރި ވެފައެވެ. މިގޮތުން 9 އަހަރުން ދަށުގެ ޖޫނިއާ ގްރޫޕް އިން ގަދަ 5 ގައި ޝަމްސުއްދީން ސްކޫލުގެ ފާތިމަތު މިންހާލް އަހްމަދު ވަނީ ހިމެނިފައެވެ. އަދި 9 އަހަރުން ދަށުގެ އުމުރުފުރައިން ގަދަ 5 ގައި ހިމެނި އެ އުމުރުފުރައިގެ 2 ވަނަ މިންހާލް ވަނީ ހޯދާފައެވެ.

11 އަހަރުން ދަށުގެ އުމުރުފުރައިން ގަދަ 5 ގައި އެ އިސްކޫލުގެ އާއިޝަތު ޒާއިން ސައީދު އަދި މުހައްމަދު ރުއައިފް ޝަފީގް ވަނީ ހިމެނިފައެވެ. މީގެ އިތުރުން މުހައްމަދު ރުއައިފް ޝަފީޤް އަށް ވަނީ އެ އުމުުރުފުރައިން 1 ވަނަ ވެސް ލިބިފައެވެ.

ސްކޫލުތަކުގެ ޖޫނިއާ ގުރޫޕުގެ ބައިން ޝަމްސުއްދީން ސްކޫލު ވަނީ 3 ވަނަ ހާސިލު ކޮށްފައެވެ.

މިކަމާ ބެހޭގޮތުން ޝަމްސުއްދީން ސްކޫލުން ވިދާޅުވީ މިއީ ސްކޫލުގެ ދިވެހި ޑިޕާރޓްމެންޓުގެ މިންނެތް މަސަައްކަތް ކަމަށާއި ހުރިހާ ޝުކުރެއް ޙައްގު ވަނީ އެ ޑިޕާރޓްމެންޓަށް ކަމަށެވެ.

މިއީ މިފަދަ މުބާރާތެއްގައި ޝަމްސުއްދީން ސްކޫލަށް މިއަހަރު ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަން ފާހަގަ ކޮށްލެވެއެވެ.