English Edition
Dhivehi Edition

ބަނޑު ހިކުން (ކޮންސްޓިޕޭޝަން) އަކީ ބަނޑުގެ މައްސަލަތަކުން އެންމެ އާންމުކޮށް ދިމާވާ އެއްމައްސަލައެވެ. ބަނޑު ހިކުމުގެ މައްސަލައަކީ ކޮންމެ މީހަކާވެސް ކޮންމެވެސް ދުވަސްވަރެއްގައި ދިމާވެ އެކަމުގެ ވެނާއި އުނދަގޫ ތަހައްމަލްކޮށްފައި ވާނެ މީހެކެވެ. ބަނޑުހިކެނީ ހަޖަމްކޮށް ދިނުން ދަށްވެ ބޮޑުގޮރުގެ މަސައްކަތް ދަށްވުމުންނެވެ. މިހެން ދިމާވުމުން ބޮޑުކަމުދާތްކެތި ހަރުވެ ބޮޑުކަމުދެވުމަށް އުނދަގޫވެއެވެ.

އާންމުގޮތެއްގައި ބަނޑުހިކުމުގެ މައްސަލަދިމާވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފައިބަރ ނުލިބުމާއި ކަސްރަތުކުރުން މަދުވެ ފެންބުއިން މަދުވުމެވެ. ބަނޑުހިކުމުގެ މައްސަލައަކީ އާންމު މައްސަލައަކަށް ވެފައި އަހަރެމެން ބަލަނީ އަވަހަށް ބޭސް ބޭނުން ކޮށްގެން މިކަމަށް ހައްލެއްލިބުމެވެ. ނަމަވެސް ސިއްޙީ މާހިރުން ބުނަނީ ބަނޑު ހިކުން އާންމު ކަމަކަށް ހަދައިގެން ބޭސް ބޭނުން ކުރުމަކީ އެހައި ރައްކާތެރި ކަމެއްނޫންކަމަށެވެ. ތިރީގައި މިވާ 5 ޖޫސް ބުއިމުން ބަނޑުހިކުމުގެ މައްސަލައަށް ބޭހަކާނުލައި ހައްލު ލިބިގެންދާނެއެވެ.

ޕްރޫން ޖޫސް

ޕްރޫން އަކީ އޭގައި ހިމެނޭ ޑައިޓަރީ ފައިބަރ އަދި ސޯބިޓޯލް އިން މުއްސަނދިވެފައިވާ މޭވާއެކެވެ. ޕްރޫން ޖޫސް ބުއިމުން އޭގައި ހިމެނޭ ފައިބަރ އިން ބަނޑުގައި ހަރުވެފައު ހުންނަ ބޮޑުކަމުދާތަކެތި މަޑުވެ ބޭރުވާން ފަސޭހަވެއެވެ. ޕްރޫން އަކީ އޭގައި ހިމެނޭ ފައިބަރގެ އިތުރުން ވިޓަމިން “ސީ” އަދި އަޔަންވެސް ހިމެނޭ މޭވާއެކެވެ.

ޕައިނެޕްލް ޖޫސް (އަލަނާސި ޖޫސް)

އަލަނާސީގައި ބްރޮމެލައިން ކިޔާ އެންޒައިމް އެއް ހިމެނެއެވެ. ބްރޮމެލައިން އިން ބަނޑުހަރުވުން ދުރުކޮށް ބޮޑުކަމުދަތަކެތި ބޭރުވާން ފަސޭހަކޮށްދެއެވެ. އަދި އަލަނާސި ޖޫސް ބުއިމުން ހަށިގަނޑު ހައިޑްރޭޓް ކޮށްދެއެވެ.

ލެމަން ޖޫސް (ލުނބޯ ޖޫސް)

ލުނބޯ ޖޫހަކީ ބަނޑުހިކުމުން އެންމެ އާންމުކޮށް މީހުން ބޭނުން ކުރަމުން އަންނަ ރިމެޑީއެވެ. ލުބޮލަކީ އެސިޑިކް އަދި ވިޓަމިން ސީ އިން މުއްސަދި އެއްޗެކެވެ. ލުނބޯގައި ހިމެނޭ އެންޓި އޮކްސިޑެންޓް މާއްދާއިން ބޮޑު ގޮހޮރުގައިވާ ވިހަބޭރުކޮށްދެއެވެ. ހަށިގަނޑުގައިވާ ވިހަ އަދި ހަޖަމް ކުރުމަށް ފަސޭހަކުރުމަށް ބައެއްމީހުން ކާނާ ކެއުމަށްފަހު ލުބޯ ޖޫސް ބޭނުން ކުރެއެވެ.

އޮރެންޖް ޖޫސް

އޮރެންޖަކީ ވެސް އޭގައި ފައިބާ ގިނައަދަދަކަށް އެކުލެވޭ މޭވާއެކެވެ. މި ހުތްމޭވާގައި ހިމެނޭ “ފްލެވެނޮލް” ނުވަތަ “ނަރިންގެނިން” ކިޔާ މާއްދާއިން ހަރުވެފައިވާ ބޮޑުކަމުދަތަކެތި މަޑުކޮށްދީ ބޭރުވުމަށް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން ޖަހަމްގެ ނިޒާމްގައި މައްސަލަ ހުންނަ ނަމަ އޮރެންޖް އާދަކޮށް ބޭނުން ކުރުމުން އެކަމަށް ހައްލު ލިބިދެއެވެ.