14 ރަށަކަށް އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސަރިވސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ޖޭއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެރަށްތަކަށް މެޖިސްޓްރޭޓުން ހޯދުމަށް މިދިޔަ މަހު އެ ކޮމިޝަނުން ކުރި އިޢުލާންގެ ސުންގަނޑި ހަމަވިއިރުވެސް އެ އިއުލާނުގައިވާ ގިނަ މަޤާމުތަކަކަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އެ ޢިއުލާންގައިވާ ފަނޑިޔާރުކަމުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އަދި ކުރީގެ އިޢުލާނުގައިވާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ޖޭއެސްސީ އިން ބުނެއެވެ.
އިސްމެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް:
މެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް:
ޖޭއެސްސީ އިން ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ 12:30ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިބޭއިރު، މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 18،850 ރުފިޔާ ލިބޭނެ އެވެ. އަދި ލިވިންގއެލަވަންސްގެ ގޮތުގައި ދޭ 4،000ރ. ގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 600ރ. އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބިގެންދާނެ އެވެ.