English Edition
Dhivehi Edition

ނަފްސަށްޓަކައި ދަތް އުނގުޅުމަކީ ކިހިނެތް ކުރާކަމެއްކަން އެނގިލައްވަނީ ކިތައް ބޭފުޅުންނަށް ހެއްޔެވެ. މި ސުވާލުގެ ޖަވާބު އެއްމެ ފުރިހަމަޔަށް ދެއްވާފައިވަނީ, ދަތުގެ ޑޮކްޓަރ ޑރ،މުޙައްމަދު ޝިޔާންއެވެ.

ކެންސަރ ސޮސައިޓީން އައްޑުއަށް ކުރެއްވެވި ދަތުރުގައި، ފޭދޫގައި ބޭއްވެވި ސެޝަންގެ ތެރެއިން، ބަލިމީހަކަށް އަނގައިގެ ކެންސަރާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޑރ، މުޙައްމަދު ޝިޔާން ވިދާޅުވީ، ދަތް އުނގުޅުމަކީ،ވަރަށް މުހިއްމު ކަމެއްކަމަށާއި، އަދި އަނގައިގެ ކެންސަރަކީ، ރާއްޖޭއިން ޢާއްމުކޮށް ފެންނަ ކެންސަރުގެ އެއްވަތްތަރުކަމަށެވެ.

ޑރ، ޝިޔާން ވިދާޅުވީ، މިކަމުން ސަލާމަތް ވުމަށްޓަކައި އަނގައިގެ އެތެރޭގެ ސާފު ޠާހިރު ކަން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެއްގޮތަކަށް ވެސް ނުދުފުމަށް ޑރ ޝިޔާން ވަނީ ބަލިމީހުންނަށް އިރުޝާދު ދެއްވާފައެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ދަތް އުގުޅުމަކީ،ކިހާ މުހިއްމުކަމެއްކަންވެސް ވަނީ ބުނެ ދެއްވާފައެވެ.

ކޮންމެ ދުވަހަކު ދެފަހަރު ދަތް އުނގުޅަނީ ކީއްކުރަން ކަން ޑރ، ވަނީ ބަލީހާއަށް ވަރަށް ތިލަކޮށް ތަފްޞީލުކޮށް ކިޔާ ދެއްވާފައެވެ.ދަތް އުޅުމުގެ ވަރަށް މުހިއްމު ދެ ގަޑިއެއްވާ ކަމަށާއި، އެއީ ހެނދުނާއި، ރޭގަނޑު ގަޑި ކަމަށެވެ.

ޢާއްމުކޮށް އެއްމެން ވެސް ދަތް އުނގުޅަނީ، ހަމައެކަނި ހެނދުނުގަޑީގައެވެ. ޑރ،ޝިޔާން ސިފަކުރެއްވި ގޮތުގައި ހެނދުނު ތެދުވެގެން ކޮއްމެހެންވެސް ދަތް އެ އުނގުޅަނީ މީހުންނަށް ތިއްތި ދައްކާށެވެ. ވަސް ދުވާނެތީ އާއި ވާހަކަ ދައްކާއިރު މީހުންނަށް ދަތްތައް ފެންނާނެތީއެވެ.

ރޭގަނޑު ނިދުމުގެ ކުރިން އުނގުޅާ ދަތަކީ، ތިމާގެ ނަފްސަށް ދަތް އުނގުޅުން ކަންވެސް ޝިޔާންވަނީ ސިފަ ކުރައްވާފައެވެ.

މީގެތެރެއިން އެއްމެ މުހިއްމީ ތިމާގެ ނަފްސަށް ދަތް އުނގުޅާ އުނގުޅުމެވެ. ސަބަބަކީ، ދުވާލުދާ ހަތަރު ދަމު ކައިފައި ހުންނަ އެއްޗިއްސާއި ހަކުރު ދަތުގައި ހަރުލާފައި ހުންނާނެތީއެވެެ. އަދި އަނގައިގެ ތެރޭގައި ހުންނަ ބެކްޓީރިއާ ތައް ބޮޑަށް ޙަރަކާތްތެރިވާނީ ރޭގަނޑު ކަމަށް ވާތީވެސް މެއެވެ.

މީހުންނަށް އަޅާލުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސަށް އަޅާލުމަކީ، އެއްމެ މުހިއްމު އެއްކަމެވެ. ތިމާގެ ނަފްސާއި،ޢާއްމު ޞއްޙަތު ސަލާމަތުން ބަހައްޓައިގެން ނޫނީ އެހެން މީހުނަށް އަޅާ ނުލެވޭނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.ވުމާއި އެކު ހުރިހާ ބޭފުޅުންވެސް ކޮއްމެ ރެއަކު ނިދުމުގެ ކުރިން ” ތިމާގެ ނަފްސަށްޓަކައި ދަތް އުނގުޅުމަށް” އާދަކުރަމާ ހިނގާށެވެ.