English Edition
Dhivehi Edition
ގަމުގެ އީކްއޭޓަރ ވިލެޖްގެ ބުލޫލެގޫންގައި ބޭއްވުނު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގެ ބައިވެރިން

ސ.ފޭދޫ ޞިއްޙީމަރުކަޒުން، ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ހިންގައި މިދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ޞިއްޙީމަރުކަޒުންވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ،މިއަދު އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ގެން މެންޓަލް ހެލްތް އެވެއަރނެސް ސެޝަނެއް ބާއްވާފައެވެ. މިސެޝަނުގައި ބައިވެރިންނަށް މަޢުލޫމާތު ދެވުނީ،މަސައްކަތުގެ މާޙައުލުގައި ދިމާވާ ސްޓްރެސް ތަކާއި، އެއިން އަރައި ގަތުމަށް ތިމާއަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންނެވެ.

އަދި މީގެ އިތުރުން ނަފްސާނީ ބައްޔަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެއްކަމަށާއި، މިބަލިން އަރައިގަތުމަށް ތިމާއަށް އަމިއްލައަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޑޮކްޓަރުންނާއި، ޢާއިލާ އަދި ރަޙްމަތްތެރިންނާއި ކަންކަން ޙިއްޞާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސައިކޭޓްރިސްޓް ޑރ. މުޙައްމަދު ޗަންޗަލް އާޒާދު ހާމަކުރެއްވި ގޮތުގައި ނަފްސާނީ ބައްޔަކީ،ވަރަށް ނުރައްކާތެރި ބައްޔެއްކަމަށާއި، މިއަދުގެ މުޖުތަމަޢުގައި ގިނަވަމުންދާ ބައްޔެއް ކަމަށެވެ. މިބަލިން ސަލާމަތް ވުމަށްޓަކައި ފުރަތަމަ ތިމާ އަމިއްލައަށް ތިމާގެ ބަލި ޤަބޫލްކުރަންޖެހޭ ކަމަށާއި،އެއްމެ ފުރަތަމަ ތިމާ އަމިއްލައަށް ސެލްފް އެސެސްމެންޓެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއްކަމަށްވެސް ޑޮކްޓަރ ޗަންޗަލް. ސެޝަނުގެ ބައިވެރިންނަށް ބުނެދެއްވެވިއެވެ.

އަދި ޞިއްޙީމަރުކަޒުގެ ޑޮކްޓަރ މިލަން ޕައުޑެލް އާއި ނާރސް ޢާއިޝަތު އުސްރާވަނީ “މެންޓަލް ހެލްތް އެޓް ވޯރކް އަދި ސްޓްރެސް” އާއި ބެހޭގޮތުން ވަރަށް ފުރިހަމަ މައުލޫމާތު ތަކެއް ބައިވެރިންނާއި ޙިއްޞާކޮށްފައެވެ.

ޞިއްޙީމަރުކަޒުންވަނީ،ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހު،ރަށުގެ އެކި ހިސާބަށް ޒިޔާރަތްކޮށް ތަފާތު ޢުމުރުގެ މީހުންނާއި ބައްދަލުކޮށް ނަފްސާނީ ބައްޔާއި ބެހޭ ގޮތުން ތަފާތު މަޢުލޫމާތުތައް ޙިއްޞާކޮށްފައެވެ.

މިއަދަކީ،އައްޑޫސިޓީގެ ތަފާތު މުއައްޞަސާތަކާއި ގުޅިގެން ސަންރައިޒް ކޮރޯނާ އިންޓަނޭޝަނަލް އާއި މިޕްސްޓަރ އިން އައްޑޫގައި 5 ދުވަހަށް ހިންގާ މެންޓަލް ހެލްތް ކޭމްޕްގައި އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އަމާޒު ކޮށްގެން ނަފްސާނީ ދުޅަހެޔޮ ކަމާގުޅޭ މަޢުލޫމާތު ފޯރު ކޮށްދިނުމުގެ ގިނަ ބައްދަލު ވުންތަކެއް ރޭވިގެން ހިނގަމުންދާ ދުވަހެކެވެ.

އަދި މިއާއެކު މެންޓަލް ހެލްތް ކްލިނިކެއް ކޮންމެ ދުވަހަކުވެސް ހެނދުނު 9 އިން ފެށިގެން ހިތަދޫ ނޫރާނީ ސްކޫލްގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް މެންޓަލް ހެލްތް ޑޭ ފާހަގަ ކުރަމުންދާ މިދަނޑިވަޅުގައި ނަފްސާނީ ބަލީގެ ތަޖްރިބާކާރު ސައިކޮލޮޖިސްޓް ޑޮކްޓރ ޢައިޝަތު ޢަލީ ނާޒު ހުންނެވީ މިވަގުތު އައްޑޫގައެވެ.