މެޑިސިޓީގައި ހަކުރުބައްޔަށް ފަރުވާދޭ ޚާއްޞަ ކްލިނިކެއް ހުޅުވަނީ
5 ދުވަސް ކުރިން
ޒީނު

އައްޑޫމެޑިސިޓީގައި ހަކުރު ބައްޔަށް ފަރުވާދޭ ޚާއްޞަ ކްލިނިކެއް ހުޅުވުމުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.

މިގޮތުން  ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އާއިއެ ކްލިނިކް ގުޅިގެން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ  ޕްރޮގްރާމެއް މިމަހުގެ 15 އިން 18 އަށް ސިޓީގެ  ހަތަރު ރަށެއްގައިވެސް ހިންގާ ގޮތަށްވަނީ ހަމަޖެހިފައެވެ. އެއީ  ހިތަދޫ، މަރަދޫ،ހުޅުދޫ އަދި ފޭދޫގައެވެ. މިކްލިނިކް ހިންގުމުގެ އެއްމެ ބޮޑު ބޭނުމަކީ، ހަކުރުބަައްޔަށް މީހުން ހޭލުންތެރި ކުރުމާއި، ތިމާގެ ޞިއްޙީ ޙާލަތު ހުރީ ރަނގަޅު މަގުގައި ކަން އަންގައި ދިނުމުވެ.

Advt

Advertisement

ފޭދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޙަރަކާތްތައް ކުރިއަށް ގެންދާނީ، 15 ވަނަ ދުވަހު ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ފޭދޫ ގެޞިއްޙީ ޚިދުމަތްދޭ ތިން މުއައްޞަސާ ގުޅިގެން  ހަވީރު ހިންގޭ ޙަރަކާތުގެ ތެރޭގައެވެ.  އެހެން ރަށްރަށުގައިވެސް ސްކްރީން ކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ދުވަސް ތަކުގައި ކުރިއަށް ދާނެ ކަމަށް މެޑިސިޓީން ހާމަ ކުރެއެވެ.

 

ސްކްރީން ކުރުމުގެ ތެރޭގައި ފާހަގަވާ، އިތުރު ފަރުވާ އަށް ޑޮކްޓަރަށް ދައްކަން ޖެހޭ ފަރާތްތައް،ކްލިނިކްގައި 17،18 މި ދެދުވަހު ކުރިއަށް ގެންދާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ކްލިނިކްގައި މި ބަލިމީހުން ބެއްލެވުމަށް ހަމަ ޖެހިފައިވަނީ، ޑައިބެޓެލޮޖިސްޓް، ޑރ، ޢަލީ ސިޔާން އެވެ.

އައްޑޫ މެޑިސިޓީއަކީ، ޢުމުރުން ކިތައްމެ ހަގު ނަމަވެސް މުޅި ސިޓީގެ ރައްޔިތުނަށް ފެންވަރު ރަނގަޅު  ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ މުއައްޞަސާއެކެވެ.