ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު އަޑުއެހުން މާދަމައަށް ތާވަލްކޮށްފައި އޮއްވައި އެހެންދުވަހަކަށް އެ އަޑުއެހުން ފަސްކޮށްފި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލަމުން ގެންދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން ފަސްކުރީ އޭނާ ދަތުރެއްގައި ފުރާވަޑައިގަަންނަވާތީ ކަމަށެވެ. ނަމަވެސް ފަނޑިޔާރު އެނބުރި ވަޑައިގަތުމުން ތަހުގީގު ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އެންމެ ފަހަކަށް ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ޤާނޫނީ ވަކީލު ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު އަޑުއެހުމަށް ވަޑައިނުގަންނަވާތީ އެ އަޑުއެހުން ވަނީ ފަސްކޮށްފައެވެ. އޭގެ ކުރީގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ހަމަޖެއްސި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބަލައިނުގަންނަން ޖޭއެސްސީން ނިންމައި އަޑުއެހުން ފާސްކުރީ އެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ހާޒިރުކޮށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ.