English Edition
Dhivehi Edition

މާލޭގެ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ފޯނެއް ފޭރިގެން އެމައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލޭގެ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ފޯނެއް ފޭރިގެން އެ މައްސަލަ އެ މުއަސަސާއަށް ހުށައަޅާފައި ވަނީ ރޭގެ 23:41 ހާއިރުގައެވެ.

ފުލުހުން ވިދާޅުވީ ރޭ މާލެއިން ފޯނެއް ފޭރިގެންފައި ވަނީ ނޭޕާލްގެ 24 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ. މަގުމަތީން ހިނގާފައި ދިޔަ ނޭޕާލުގެ އެ މީހާގެ އަތުން ސައިކަލަކުން އައި ދެ މީހަކު ފޯނު ފޭރުމަށްފަހު ނޭޕާލު މީހާ ފޯނުހޯދުމަށް ޓަކައި ސައިކަލުގެ ފަހަތުގައި ހިފުމުން ސައިކަލުގައި ތިބި މީހުން، ނޭޕާލު މީހާގެ އަތަށް ތޫނު އެއްޗަކުން ހަމަލާ ވެސް ދީފައި ވެއެވެ.

މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައިވާއިރު މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނޭޕާލް މީހާގެ އަތުން ފޯނު ފޭރިގެންފައި ވަނީ ޖަމްބު މަގުން އޭނާ ހިނގާފައި ދަނިކޮށެވެ.

މާލޭގެ މަގުމަތިން ހިނގާފައިދާ މީހުންގެ އަތުން އަގުބޮޑު މިފަދަ ތަކެތި ފޭރުން މިހާރު މިވަނީ އާންމު ކަމަކަށް ވެފައެވެ. އަގުބޮޑު ފޯނާއި، އަތް ދަބަސް ފަދަ ތަކެތިވެސް މިގޮތަށް ފޭރިގެން ގޮސްފައި އެބަ ހުއްޓެވެ.