English Edition
Dhivehi Edition

އައްޑޫ ސިޓީގެ މަގުތައް ހެދުމަށްޓަކައި އެމް.އާރް.ޑީ.ސީން އެކަމަށް ބޭނުންވާ މެޝިނަރީޒްތަކާއި، ވެހިކަލްތައް އައްޑޫ ސިޓީއަށް ގެނެްފިއެވެ.

އައްޑޫ އަދި ފުވައްމުލަކުގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތަށް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފޮނުވި މެޝިނަރީސް އައްޑޫސިޓީއަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ހިތަދޫ ބަނދަރު ސަރަހައްދަށެވެ. އައްޑޫއަށް ގެނައި މެޝިނަރީތަކުގެ ތެރޭގައި ކްރޭންއާއި، ފޯކް ލިފްޓާއި އެކްސެލެރޭޓަރ ފަދަ މެޝިނަރީސްތައް ހިމެނެއެވެ.

އައްޑޫ އަދި ފުވައްމުލަކުގެ ވެލިމަގުތަކާއި ތާރު މަގުތައް މަރާމާތު ކުރުމުގެ މަސައްކަތަށް ގެނައި މި މެޝިނަރީސް ތައް ފުވައްމުލަކާއި އަދި އައްޑޫގެ ހުރިހާ އަވަށަކަށް ފޮނުވާނެ ކަމަށް އެމްއާރުޑީސީން ބުނެއެވެ. މި މެޝިންތައް ބޭނުންކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އިތުރަށް، ފެނަކަ ކޯޕަރޭޝަން އިން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓަތަކުގައިވެސް މި މެޝިނަރީސްތައް ބޭނުންކޮށް މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ތެރޭގައިވެސް އެމް.އާރް.ޑީ.ސީން އައްޑޫ ސިޓީއަށް 3 ފަހަރެއްގެ މަތިން ވެހިކަލްތައް ގެންގޮސްފައިވެއެވެ. މީގެ އިތުރަށްވެސް އައްޑޫއަށް ގެންދަންޖެހޭ އިތުރު ވެހިކަލްތަކެއް އެބަހުރިކަމަށާއި ކުރިއަށް އޮތް މަހުގެތެރޭގައި އެ ވެހިކަލްތައް އައްޑޫ ސީޓީއަށް ގެންދާނެ ކަމަށް އައްޑޫސިޓީ އެމްއާރޑީސީން މަޢުލޫމާތުދެއެވެ.

އެމްއާރުޑީސީން ރާއްޖޭގެ އެކި ރަށްރަށުގައި މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާއިރު އައްޑޫސިޓީގެ ހުޅުމީދޫ ބޮޑުމަގާއި ހުރަސްމަގުގައި ވަރަށް އަވަހަށް ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.