English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

14 ރަށަކަށް އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސަރިވސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ޖޭއެސްސީ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 11 އިސްމެޖިސްޓްރޭޓުންނާއި 3 މެޖިސްޓްރޭޓުން ހޯދަން ބޭނުންވާ ކަމަށެވެ. ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިބޭއިރު، މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 18،850 ރުފިޔާ ލިބޭނެ އެވެ. އަދި ލިވިންގއެލަވަންސްގެ ގޮތުގައި ދޭ 4،000ރ. ގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 600ރ. އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބިގެންދާނެ އެވެ.

އިސްމެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް:

  • ހދ. ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
  • ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
  • ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
  • ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓް
  • އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
  • އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓް
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް
  • ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް
  • ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓް
  • ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓް
  • ގދ. ފަރެސްމާތޮޮޑާ މެޖިސްޓްރޭޓް ކޯޓް

މެޖިސްޓްރޭޓުން ބޭނުންވާ ރަށްތައް:

  • ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް
  • ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް
  • ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް

ޖޭއެސްސީ އިން ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުގެ 12:30ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.