English Edition
Dhivehi Edition

ކޮޅިގަނޑު ބާރުގަދަވެ “ޑިޕްރެޝަނަކަށް”(ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލުވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިހާރު ކޮޅިގަނޑު ހުރީ ހއ.ތުރާކުނުގެ އިރުން 370 ކިލޯ މީޓަރު ދުރުގައި ކަމަށަށެވެ. އެހެން ނަމަވެސް މި ކޮޅިގަނޑާއި ގުޅިފައިވާ ބޯ ވިއްސާރަވިލާތައް އަދިވެސް އުތުރާއި މެދު ރާއްޖެ ތެރޭގައި މައްޗަށް އަރަމުންދާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ ކުރާނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

“މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ އަވައްޓެރި ސްރީލަންކާ އާއި ރާއްޖެއާއި ދެމެދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް” މެޓް އޮފީހުން ބުނެފައި ވެއެވެ.