ގިނަ އަދަދެއްގެ ރައްޔިތުން ލުބުނާން ގައި މީގެ ދެހަފްތާކުރިން އެޤައުމުގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވުމުން ލުބުނާން ގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވައިފި އެވެ.
ލުބުނާނުގައި ކުރި މުޒާހަރާ މިހާރު ހަމަނުޖެހުމަކަށް ގޮސްފައިވާއިރު މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ. އެގޮތުން ގިނަ ބަޔަކަށް ވަނީ ޓިޔާ ގޭސްޖެހުމުގެ ސަބަބުން ގެއްލުން ލިބިފައެވެ.
ލުބުނާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވާފައިވީރު އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލާ މީހުންނާއި ދެކޮޅަށް އެޤައުމުގައި ހަރަކާތްތެރިވާ ހިޒުބުﷲ ޖަމާއަތުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަލާތަކެއްވެސް ދީފައެވެ. މި ހަމަލާތަކުގައި މުޒާހަރާގެ ބައިވެރިން ތިބި ޓެންޓު ތަކެއްވެސް ވަނީ އަންދާލާފައެވެ.
ލުބުނާނުގެ އިޤްތިޞާދު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ބޮޑުވަޒީރު ގެ އިސްތިއުފާ އަށް އެޤައުމުގެ ރައްޔިތުން ގޮވާލީ ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގެ އިސްވެރިން ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ އެވެ.