English Edition
Dhivehi Edition

ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ރީނދޫ ސަމާލު ނެރެފިއެވެ. އެ ސާވިސް އިން ހުދު ސަމާލު ނެރެފައި ވަނީ އުތުރުގެ އަތޮޅުތަކުގެ ތެރެއިން ހ.އ އަތޮޅުން ފެށިގެން ވ.އަތޮޅާއި ހަމަޔަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ ބޮޑު ސަރަހަރުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އުތުރުގެ ސަރަހައްދަށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރުނީ މިއަދު 0700 އިން 1100 އާއި ހަމަޔަށެވެ.

މިއަދުގެ މޫސުމަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ.ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓު އޮފީހުން ވިދާޅުވި އެވެ.

ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެ އޮފީހުން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.