English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އަދި ދުނިޔޭގެ މުއްސަނދިންގެ ސިޓީ ކަމުގައިވާ ދުބާއީގައި އަންނަ ނޮވެމްބަރު 1 ވަނަ ދުވަހު ދުބާއީލޭންޑް ގައި ހުންނަ “ދުބާއީ މިރަކަލް ގާޑެން” އަށް އާ ސީޒަނާއި ދިމާކޮށް މާމެލާމެލީގެ ބޮޑު ބަގީޗާއެއް އިތުރުކޮށް އިތުރު ފުރިހަމަ ކަމެއް ގެނެސް ޔުނައިޓެޑްހުޅުވަން ނިންމައިފި އެވެ.

72,000 ސްކޮޔަރ މީޓަރަށް ބޮޑު މި ބަގީޗާގައި މާމެލާމެލީގެ މީރުވަހުން ފުރިގެންވާ އެކި ކުލަކުލައިގެ 120 ވައްތަރުގެ 50 މިލިއަނަށްވުރެ ގިނަ މާގަސް ހުރެއެވެ. ދިވެހިންވެސް ޗުއްޓީއަށް ގޮސްއުޅޭ ދުބާއީގެ މި ބަގީޗާ ހުޅުވިފައި ހުންނާނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 9 އަކަށެވެ. އަދި ބަންދު ދުވަސްތަކުގައި ހެނދުނު 9 އަކުން ރޭގަނޑު 11 އަށް ހުޅުވާފައި ހުންނާނެ އެވެ.

މި ބަގީޗާއަށް ވަދެގެން އަންނައިރު ވިޒިޓާސްއަށް މަރުހަބާ ކިޔަން ދޮރުގެ ކައިރީގައި މަޝްހޫރު ކާޓުން ކެރެކްޓަރ ތައް ޙަރަކާތްތެރިވާނެ ކަމަށް ބަގީޗާގެ އިސްފަރާތްތަކުން ބުންޏެވެ. އަދި މާތަކުން ޖަރީކޮށްފައިވާ ހެދުން ލައިގެން ޕެރޭޑް ޖެހުމާއި ޒުމްބާ ސެޝަން ތަކާއި މަގުމަތީގެ ގިނަ ޙަރަކާތްތައް ފެނިގެންދާނެ އެވެ. އެންމެ އަޖައިބު ވާނެ އެކައްޗަކަށް ވާނީ 3ޑީ ޑިޒައިނަށް ހަދާފައިވާ އަސްލު ޖަނަވާރުތަކުގެ ތަކުގެ ސައިޒުގެ ޖަނަވާރުތައް މިތަނުން ފެނިގެން ދިއުމެވެ.