English Edition
Dhivehi Edition

ބަހްރައިންގެ ޤައުމީ އެއަރލައިން، ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

އެގޮތުން މިއަދު ރާއްޖެއަށް އައި ގަލްފް އެއާގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަރޝަނަލް އެއާޕޯޓް(ވީއައިއޭ) އިން މަރުޙަބާކީ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސްވެރީންނެވެ.

ފޮޓޯ: އެމްއޭސީއެލް

އަލަށް ރާއްޖެއަށް ދަތުރުތައް ފެށި ގަލްފް އެއާލައިން އިން ހަފްތާއަކު 5 ފްލައިޓް ބަހްރައިން އިން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ. އެމްއޭސީއެލް އިން ބުނީ މި ދަތުރުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި، ބަހްރައިން އާއި ރާއްޖެއާ ދޭތެރޭ ވިޔަފާރީގެ ގުޅުން ރަނގަޅުވެ ދެޤައުމަށް ފައިދާވެގެންދާނެ ކަމަށެވެ.

ފޮޓޯ: އެމްއޭސީއެލް

ބަހްރައިންގެ މައި އެއަރލައިން ގަލްފް އެއާއިން އެ ޤައުމާއި ރާއްޖެއާ ދެމެދު ދަތުރު ފެށުމުގެ ހުއްދައަށް އެދި ދެޤައުމުގެ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.