ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ހިތްހުއްޓި ވަޑައިގެން ހޮސްޕިޓަލަށް ގެންދަވައިފި އެވެ. އެމަނިކުފާނު ޕާކިސްތާނުގެ ލާހޫރުގައި ހުރި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެވިފައިވާކަމަށް އެޤައުމުގެ ނޫހަކުން ބުނެއެވެ.
މި ހަފްތާގެ ކުރީކޮޅު ނަވާޒް ވަނީ އެމަނިކުފާނުގެ ލޭގައި ޕްލެޓެލެޓްސް މަދުކަމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަށްވާފައެވެ. އަދި ޓްރާންސްފިޔުށަން އަށް ފަހުގައި ޕްލެޓެލެޓްސް ލޭގައި ހުންނަންޖެހޭ މިންވަރަށް ގެނެވިފައި ވެއެވެ.
މީގެ ކުރީގައި ވެސް ނަވާޒް ޝަރީފް އަށް ވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ޖަލުގައި ދުވަސްތައް ހޭދަކުރަށްވަމުން ގެންދަވާ ނަވާޒް ވަނީ ހުކުރު ދުވަހު ލާހޫރްގެ ހައިކޯޓުން ބޭސްފަރުވާއަށް ދޫކޮށްލާފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުކަން 3 ފަހަރެއްގެ މަތީން ކޮށްފައިވާ ނަވާޒް ޝަރީފް އަށް ވަނީ ކޮރަޕްޝަންގެ ދައުވާ ކޮށް 10 އަހަރަށް ޖަލަށްލާފައެވެ.