English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ ޖުޒާމް ބަލި (ލެޕްރަސީ) ފެތުރެމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިހާތަނަށް ލިބުނު މައުލޫމާތުގައި މި ބަލި ފެތުރެމުންދަނީ ގ.ދ. ފަރެސްމާތޮޑާގައިކަން ވަނީ އެނގިފައެވެ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި ޖުޒާމު ބަލި ފެތުރެމުންދާ ކަމަށާއި އަދި މި ބައްޔަށް ފަރުވާ ހޯދާ ފަރާތްތައްވެސް އެރަށުގައި އެބަ ތިބި ކަމަށެވެ.

“މި ބައްޔަކީ ވަރަށް ނުރައްކާތެރި އަދި ކޮންމެފަދަ އިންސާނަކަށްވެސް ޖެހިދާނެ ފަދަ ބައްޔެއް. އެހެންކަމުން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ ބަލީގެ ކުރީކޮޅު ބަލި ދެނަގަނެ ފަރުވާ ކުރުމުވެ.” ސިއްހީ މަރުކަޒުގެ ބަޔާނުގައި ވެއެވެ.

ލެޕްރަސީ ބައްޔަކީ 1960ގެ އަހަރުތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކާއި އަދި ފަރެސްމާތޮޑާގައިވެސް ފެތުރެމުންދިޔަ ނުރައްކާތެރި ބައްޔެކެވެ.