English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

ހުޅުދޫސްކޫލްގެ ދިވެހި ޑިޕާރޓްމަންޓުގެ ފަރާތުން ކޮންމެ އަހަރަކުވެސް އިންޒިޒާމްކޮށްގެން ބާއްވަމުން އަންނަ “ދިވެހިހަފްތާ” މިއަހަރުވެސް ވަރަށް ކުލަގަދަކޮށް އެސްކޫލްގައި ފާހަގަކޮށްފިއެވެ.

ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް ލޯބިޖެއްސުމުގެ މަޤުސަދުގައި މިހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްކޫލްގެ 155 ދަރިވަރުން ބައިވެރިވިއެވެ. މި ހަފްތާ ކުރިއަށް ގެންގޮސްފައިވަނީ ކީސްޓޭޖްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖް ، ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ށް ދަރިވަރުންގެ އުމްރުފުރާ ވަނީ ބަހާފައެވެ.

މި ހަފްތާގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި ޚަބަރުކިއުން،ވާހަކަ ދެއްކުން،ޅެންކިއުން، ރައިވަރު ކިއުން،ކުރު ވާހަކަ ކިއުން ، ކުއްލި މައުޝޫއަށް ވާހަކަ ދެއްކުން އަދި ބަދި ކިއުން ހިމެނެއެވެ. މީގެ އިތުރުން ކުލާސްރޫމްގެ ހަރަކާތްތަކުގެ ތެރޭގައި އަކުރުން ބަސް ހެދުން ، ތަސްވީރަށް ޖުމްލަ ހެދުން އަދި ބުރަފަތި ލަފުޒުން ބަސް ހޯދުން ކުރިއަށް ގެންދެވެނެވެ.

ފާހަގަ ކުރެވުނު މިހަރަކާތްތަކުގެ ނަތީޖާ ފާޅުކުރުން ނޮވެމްބަރ މަހު ކުރީކޮޅު ބާއްވާނެކަމަށް ދިވެހި ޑިޕާރޓްމަންޓްގެ އެޗް އޯޑީ ލީޑިންގ ޓީޗަރ ހައްވާ ޒާހިރާ ވިދާޅުވިއެވެ.