English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ހައްޔަރުކުރި ޝައްމާން އަކީ ޓެރަރިސްޓެއް ނޫންކަމަށް އޭނާގެ އަނބިމީހާ ބުނެފިއެވެ.

ޝައްމާންގެ އަނބިމީހާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ފިރިމީހާއަކީ ޓެރަރިސްޓެއް ނޫންކަމަށާއި އޭނާގެ ކުށަކީ އިސްލާމްދީނާއި ދެކޮޅު މީހުންނާއި ދެކޮޅަށް އަޑުއުފުލުންކަމަށެވެ.

އައިއެސް އިން މީގެ ކުރިން އާއްމު ކުރި ފޮޓޯއެއް ޝަހިންދާގެ މޫނު ފެންނަ ގޮތައް އެޑިޓްކޮށް އެފޮޓޯ ފޭސްބުކްގައި އާއްމުކުރުމުން ޝައްމާން ހައްޔަރުކޮށްފައިވަނީ މުޖޫ ނައީމް އޭނާ ހައްޔަރުކުރަން ގޮވާލިތާ 24 ގަޑިއިރުވެސް ނުވަނީސް ކަމުގައި ޝައްމާންގެ އަންހެނުންވަނީ ބުނެފައެވެ. “އެކަކަށް ދެރައެއް ދީފައި މާގިނަ ދުވަހަކު އަނެކަކަށް ނޫޅެވޭނެ . ތުއްތު ދަރިފުޅާއި އަނބިމީހާ އަދި އާއިލާ އާއި ދުރަށް ދާން ޖެހިފައި ވަނީ ކުށެއް ނެތް މީހަކަށް. އަހަރެމެން ނިކަމެތިންނަށް ނިކަމެތިގޮތް ބޮޑުންނަށް ބޮޑު ގޮތް. މިއީ ކޮންމެ ވެރިކަމެއްގައިވެސް ޖަހާ ސަކަރާތެއް . އަސްލު ޓެރަރިސްޓުން ތިބީ ގޭގައި، ނުވަތަ ރާއްޖެއިން ބޭރުގައި އުފާފާޅުކުރަން” ޝައްމާންގެ އަންހެނުންވަނީ ބުނެފައެވެ.

މީގެ ކުރިން އެމްޑީޕީ އަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ވަރަށް ބޮޑަށް ތާއިދުކޮށް ވާހަކަދައްކަމުންދިޔަ ޝައްމާންވަނީ އެމްޑީއޭގެ ރިޕޯޓްގެ މައްސަލައިގައި އެ ޕާޓީއަށް ކުރަމުން ދިޔަ ތާއިދު އަބުރާ ގެންގޮސްފައެވެ.

 

 

ޓެގު