English Edition
Dhivehi Edition

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ރިވެރިން އެފްސީ ، ގައުމު އެފްސީ އަދި ފޭދޫ އެފްސީ އާއި ގައުމު ޖޭއާރު ބައްދަލު ކުރި ދެމެޗުން ބޮޑު ތަފާތެއް ހޯދައި ފޭދޫ އެފްސީ އާއި ރިވެރިން އެފްސީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗް މޮޅު ކުޅުންތެރީން ހިމެނޭ ފޭދޫ އެފްސީ ބޮޑުތަފާތަކުން ކާމިޔާބުކުރީ ޒުވާން ކުޅުންތެރީން ހިމެނޭ ގައުމު ޖޭއާރާއި ވާދަކޮށް 13-0 އިންނެވެ. އަދި ދެވަނަ މެޗުން ގައުމު އެފްސީ އާއި ވާދަކޮށް ރިވެރިން މޮޅުވެފައިވަނީ 05-01 ލަނޑުންނެވެ.

ފުރަތަމަ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ އެފްސީގެ ޖާޒީނަމްބަރ 22 އަބްދުﷲ އިމްރާނެވެ. ދެވަނަ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރިވެރިންގެ ޖާޒީނަމްބަރ 10 ޝަމްވީލް ގާސިމެވެ.

ސިޔާކްޕްގެ ފައިނަލް މެޗް އަންނަ ހޮނިހިރު ދުވަހު ހަވީރު 3:45ގައި މީދޫ ފުޓްބޯޅަ ދަނޑުގައި ފެށޭނެއެވެ.

މި މުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއަރުވުމުގެ ބޭނުމުގައި 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދެހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު އިޖްތިމާއީ ދުޅަހެޔޮކަން އާލާކޮށް ކުޅިވަރުގެ ރޫހް އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރއަޕް ޓީމަށް ހުށަހަޅާފައިވަނީ 3000 ރުފިޔާއެވެ.

ޓެގު