English Edition
Dhivehi Edition

ޕާސްޕޯޓުގެ ބައެއް ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވަގު ޕާސްޕޯޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ރާއްޖެ އެތެރުވުމަށް މަސައްކަތް ކުރި ބިދޭސީ އަންހެނަކު ހުއްޓުވާފައިވާ ކަމަށެވެ. އަދި މިކަމުގައި އޭނާއަށް އެހީތެރިވާން އުޅުނު އިތުރު ބިދޭސީ ފިރިހެނަކުވެސް ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް މިހާތަނަށް އާންމުކޮށްފައި ނުވިނަމަވެސް، އިމިގްރޭޝަނުން ވަނީ އެދެމީހުންގެ ފޮޓޯވެސް މީސްމީޑިއާގައި އާންމުކޮށްފަ އެވެ.

މީގެ އިތުރުން، އެހެން މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ދެ މީހަކު މިދިޔަ މަހު ވެސް އިމިގްރޭޝަނުން ވަނީ ހިފަހައްޓައިފަ އެވެ. އަދި ވަގު ވާރކް ވިސާތަކެއް އެތެރެކުރަން އުޅުނު މީހަކުވެސް މިމަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ހުއްޓުވައިފަ އެވެ.