އައްޑޫ ސިޓީގައި އަޅާފައިވާ ފުލެޓްތައް ލިބިލެއްވި ފަރާތްތަކާއި އެކު އެގްރީމެންޓްގައި ސޮއިކޮށް ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް މއިަދު ފަށައި ފިއެވެ.
ސަރުކާރުގެ “ގެދޮރުވެރި ކުރުން” ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގައި ޢިމާރާތް ކުރެވުނު މި ފްލެޓްތަކަކީ ނިމި ޙަވާލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ފްލެޓް ތަކެކެވެ.
މިމަޝްރޫޢުގެ ދަށުން އެެޅުނު ފްލެޓް ތަކުގެ ތެރެއިން 312 ފްލެޓަށް ވަނީ މީހުން ކުރިމަތިލާފައެވެ. އެއީ ހިތަދޫގައި ޢިމާރާތް ކޮށްފައިވާ 264 ފްލެޓާއި ސ.ހުޅުދޫގައި ޢިމާރާތް ކޮށްފައިވާ 48 ފްލެޓެވެ.
ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ލިބޭ ފްލެޓް ނަންބަރ ކަނޑައެޅުމަށްޓަކައި ބޭއްވުނު ގުރުއަތުލުން ވަނީ މިމަހުގެ 08 އަދި 09 ވަނަ ދުވަހު ބޭއްވިފައެވެ.
ފްލެޓް ލިބޭ ފަރާތްތަކާއިއެކު އެގްރިމެންޓް ހެދުމުގެ ކުރިން ، އެކަޓަގަރީއެއްގެ ދަށުން ޢާއްމު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުގައިވާ ގޮތުގެ މަތިން،ގޯތި ގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކް ކުރެވޭނެ ކަމަށާއި، އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ހަވާލުކުރެވޭނީ މިކަމާއި ގުޅޭގޮތުން އެކަޓަގަރީއެއްގެ ޝަރުޠު ތަކުގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތަށް ކަމަށް ސިޓީ ކައުންސިލުން ހާމަ ކޮށްފައިވެއެވެ.