English Edition
Dhivehi Edition

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ހުވަދުއަތޮޅުން (ގއ. އަތޮޅު) ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ މާދަމާ މެންދުރު 0100 ޖެހުމާއި ހަމަޔަށެވެ. މި ވަގުތު ތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

“ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.

ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވިއެވެ.