Gavaaidhaa khilaafah India kanduge sarahahdhah van dhivehi masboat dhookohlanee - AO News Gavaaidhaa khilaafah India kanduge sarahahdhah van dhivehi masboat dhookohlanee

ކޮވިޑް 19ކަވަރޭޖް

5,931,674CONFIRMED
2,595,924RECOVERED
2,973,137ACTIVE
362,613DEATHS
1513CONFIRMED
242RECOVERED
1,269ACTIVE
5DEATHS
ގަވާއިދާ ޚިލާފަށް އިންޑިޔާ ކަނޑުގެ ސަރަހައްދަށް ވަން ދިވެހި މަސްބޯޓު ދޫކޮށްލަނީ
8 މަސް ކުރިން

ގަވާއިދާ ޚިލާފަށް އިންޑިޔާ ކަނޑުގެ ސަރަހައްދަށް ވަން ދިވެހި މަސްބޯޓާއި އެ ބޯޓުން ދަތުރުކުރި މަސްވެރިން ދޫކޮށްލަން އިންޑިޔާއިން ނިންމައިފި އެވެ. އެގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު ހިފެހެއްޓި “އަންބަރީ” ދޯނީގައި ތިބި މަސްވެރިން ދޫކޮށްލަން އިންޑިޔާ ގެ ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ދޯންޏާއި ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލަން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Advt

Advertisement

އިންޑިޔާ ސިފައިން ދިވެހި މަސްބޯޓު ހިފެހެއްޓީ މަލިކާ ތިން މޭލަށް ކައިރިވެފައި ވަނިކޮށެވެ. މިއީ ށ. ކޮމަންޑޫ ދޯންޏަކަށް ވާއިރު މި ދޯނިން ދަތުރުކުރީ ކިތަށް މީހުން ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

ދިވެހި މަސްބޯޓުތައް އިންޑިޔާ ކަނޑުގެ ސަރަހައްދަށް ވަދެ އެޤައުމުގެ ސިފައިން ވަނީ މީގެ ކުރިން ވެސް ހިފަހައްޓާފައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުވެސް އިންޑިއާ ކަނޑުގެ ސަރަހައްދުން ރާއްޖޭގެ މަސް ދޯންޏެއް ވަދެގެން އެޤައުމުން ވަނީ ހިފަހައްޓާފައިވާއިއެވެ.

ކޯސްޓް ގާޑާއި ފޮރިން މިނިސްޓްރީން ވަނީ އެހެން ޤައުމުތަކުގެ ކަނޑުގެ ސަރަހައްދަށް ރާއްޖޭގެ މަސްބޯޓުތައް ނުވަނުމަށް އިލްތިމާސް ކޮށްފައެވެ.