ޓައިވާންގެ ބުރިޖެއް ވެއްޓި 2 މީހަކު މަރުވެއްޖެ
2 ހަފްތާ ކުރިން
ޝާން މުޙައްމަދު

ޓައިވާންގައި 140 މީޓަރުގެ ބުރިޖެއް ވެއްޓި 2 މީހަކު މަރުވެއްޖެއެވެ. ބުރިޖު ވެއްޓުނު އިރު އެ ބުރިޖު ހުރަސް ކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ވަނީ ބުރިޖު ދަށުގައި އޮތް މަސް ދޯންޏެއްގެ މައްޗަށް ވެއްޓިފައެވެ.

ޓައިވާންގެ ސެންޓްރަލް ނިއުސް އޭޖެންސީން މައުލޫމާތު ދޭ ގޮތުގައި ބުރިޖު ވެއްޓުނު އިރު ބުރިޖު މަތިން ދުއްވާފައި ދިޔަ ތެޔޮ ޓޭންކަރެއް ބުރިޖު ދަށުން ދިޔަ މަސްދޯނި ތަކެއްގެ މައްޗަށް ވެއްޓި ވަނީ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައެވެ.

Advt

Advertisement

އަލިފާން ނިއްވުމުގައި އުޅުނު ފަރާތްތަކުން ބުނީ ތެޔޮ ޓޭންކަރު ވެއްޓި ހިނގި އަލިފާނުގެ ހާދިސާގައި 12 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި 2 މީހެއް މި ހާދިސާގައި މަރުވެފައިވާ ކަމަށެވެ.

ނަންފަންގައޯ ބުރިޖަކީ ޓައިވާންގެ ޔަލަންގައި ހުންނަ ފަތުރުވެރިންވެސް ޒިޔާރަތް ކުރާ ސަރަހައްދެކެވެ. މި ބުރިޖު ހަދާފައި ވަނީ އެތަނުގައި ކުރިން ހުރި ތިރިކޮށް ހަދާފައި ހުރި ބުރިޖެއް ތަޅާފައި 1998 ވަނަ އަހަރުގައެވެ. މި ބުރިޖު ހުންނަނީ ބުރިޖުގެ ދަށުން މަސްދޯނި ފަހަރަށް ވެސް ދެވޭގޮތަށް ހަދާފައެވެ.