މަލިކު ކައިރިން ރާއްޖޭގެ މަސް ދޯންޏެއް އިންޑިއާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.
‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި “އަންބަރީ” ނަމަކަށް ކިޔާ މަސް ދޯންޏެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އިންޑިޔާގެ ކޯސްޓްގާޑުން އެ ދޯނި ހިފެހެއްޓީ މަލިކުގެ ތިން މޭލު ބޭރުން ނެވެ.
އެ ދޯނި އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި ހިފަހައްޓައި އެ ގައުމުގެ މެރީން ޕޮލިހުން އެ މައްސަލަ މިހާރު ތަހުޤީގުކުރަމުން އަންނައިރު އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް އަދި ނުލިބެ އެވެ. މީގެ އިތުރުން އެ ދޯނީގައި ތިބީ ކަތެއް ފަޅުވެރިކަންވެސް އަދި އެގިފައެއް ނުވެއެވެ.
މިދިޔަ ފެބްރުއަރީ މަހުވެސް އިންޑިއާގެ ކަނޑުގެ ސަރަހައްދުން ރާއްޖޭގެ މަސް ދޯންޏެއް ހިފަހައްޓާފައިވާއިރު އޭރު ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ އަލީ ޒުހައިރު ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ސަރަަހައްދަށް ރާއްޖޭގެ މަސްވެރިން ވަނުމުގެ މައްސަލަ ބޮޑުވެފައިވާކަމަށެވެ.