English Edition
Dhivehi Edition

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލް މާދަމާ ގޯއާ މެރިޓައިމް ކޮންކްލޭވްގައި ތަޤުރީރުކުރައްވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.

ގޯއާ މެރިޓައިމް ކޮންކްލޭވްގެ މިފަހަރުގެ ތީމަކީ “ކޮމަން މެރިޓައިމް ޕްރިއޯރިޓީސް އިން އިންޑިއަން އޯޝަން ރީޖަން އެންޑް ނީޑް ފޯރ ރީޖަނަލް މެރިޓައިމް ސެކިޔުރިޓީ” އެވެ.

މި ކޮންކްލޭވް އިއްޔެ ފަށާފައި ވާއިރު މާދަމާ އަކީ މި ކޮންކްލޭވް ގެ ފަހު ދުވަހެވެ. މި ކޮންކްލޭވްގައި އިންޑިއަން އޯޝަން ރީޖަންއަށް ނިސްބަތްވާ ވަރަށް ގިނަ ޤައުމުތަކުގެ މެރިޓައިމް ސެކިއުރިޓީ، ނޭވީ ޗީފުންގެ އިތުރުން މެރިޓައިމް ސްޓްރެޓެޖީގެ އެކްސްޕާރޓުންނާއި ސްކޮލާރސްއިން ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންކްލޭވްގައި ދިވެހިރާއްޖެ، އިންޑޮނޭޝިއާ، ތައިލޭންޑު، މެލޭޝިއާ، ސިންގަޕޯރ، ބަންގުލަދޭޝް، ސްރީލަންކާ، ސީޝެލްސް، މިޔަންމާ ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.