English Edition
Dhivehi Edition

މަސްޖިދުއް ނަބަވީގެ އިމާމް ޝެއިޚް އަލީ އަބްދުލް ރަހްމާން އަލް ޙުދައިފީ ސްޓްރޯކެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައިފި އެވެ.

ޚަރަމައިންގެ ޓުވީޓް އިން މިކަން ކަށަވަރުކޮށްދީފައިވާއިރު އެ ޓުވީޓުގައި ވިދާޅުވީ މިހާރު އިމާމްގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. މިކަމާއި ގުޅިގެން އިމާމްގެ އިތުރު މައުލޫމާތެއް އަދި އެޤައުމުގެ ނޫހަކުންވެސް ލިބިފައެއް ނުވެއެވެ.

ޝެއިޚް އަލްޙުދައިފް އަކީ ސައުދީގައި އަދި އިސްލާމީ ދުނިޔޭގައިވެސް ފާހަފަ ކޮށްލެވޭ ފެންވަރަށް ޤުރްއާން ކިއުއްވާ ބޭފުޅެކެވެ. ޝެއިޚް އަށް ޤައުމީ އަދި އިންޓަނޭޝަނަލް ފާހަގަ ކޮށްލެވޭ އެތަށް އެވޯޑެއް ޤުރްއާން ކިޔުއްވައިގެން ލިބިފައި ވެއެވެ.

ޝެއިޚް އަލްޙުދައިފް، މަސްޖިދުއް ނަބަވީގެ އިމާމަކަށް އިސްކުރެވުނީ 1979 ވަނަ އަހަރުގައި އެވެ.