English Edition
Dhivehi Edition

އިންގިރޭސިވިލާތުގެ އުމުރުން 20 އަހަރުގެ ބާރ މެއިޑް، ކޭލީ ގެ ގާތިލް އެގައުމުގެ ފުލުހުން ހޯދައިފިއެވެ.

ކޭލީ ގެ މަންމަ އާހަވާލާދީ “ދަ ސަން” ގައި ބުނެފައިވަނީ، ކޭލީ އެންމެ ފަހުން ގެއިން ނިކުމެގެން ދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ރޭފަތިހު 4 ޖަހާކަންހާއިރު އޭނަގެ ފޭވަރިޓް ލަވަކިޔުންތެރިޔާގެ ޝޯވް އެއްބަލަން ބަމިންހަމް އަށް ކަމަށެވެ. އަދި އެރޭގެ ފަހުން އޭނަ ގެއަށް އައިސްފައި ނުވާތީ މަންމަ ވަނީ ކޭލީ ނުފެނިގެން އާއިލާ މީހުންނަށް އަންގައި އަދިފޭސްބުކްގައި އޭނަގެ ދަރިފުޅު އެއްވެސްމީހަކު ފެނިފައިވޭތޯ ސުވާލުކޮށް ޕޯސްޓެއް ކޮށްފައެވެ.

ކޭލީގެ މަންމަގެ ފޭސްބުކް ޕޯސްޓްފެނިފައި ކޭލީގެ ރައްޓެހިން ވަނީ އޭނަ ހޯދުމުގައި އާއިލާ އާއިއެކު ބައިވެރިވެފައެވެ. ނުފެނިގެން ހޯދަމުންދަނިކޮށް މަރުވެފައިވާ ކޭލީގެ ހަށިގަނޑު ފެނުނީ އަންގާރަދުވަހު ރޭގަނޑުގެ ވަގުތެއްގައި ޕާކެއްގެ ތެރެއިން އާއިލާމީހަކަށެވެ.

މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށް ކޭލީގެ ހަށިގަނޑުވަނީ ހޮސްޕިޓަލަށް ގެންގޮސް ޕޯސްޓްމޯޓަމް ހަދަން ތައްޔާރުކޮށްފައެވެ. ފުލުހުން ބުނީ ކޭލީމަރުވެފައިވާ ގޮތުގެ ތަފްސީލް ދެވޭނީ ޕޯސްޓްމޯޓަމް ރިޕޯޓަށްފަހުގައި ކަމަށެވެ.

ސްޓަފޯޑްޝަޔަރ ފުލުހުން ބުނީ ކޭލީގެ މަރާއި ގުޅިގެން މިހާތަނަށް އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަން ފަށާފައި ވީނަމަވެސް އަދި މިހާދިސާހިނގާފައިވާ ގޮތުގެ ތަފްސީލް ފަހުން ފުލުހުން ހާމަ ކުރަނެކަމަށް ބުނެފައިވެއެވެ.