English Edition
Dhivehi Edition

މިއަދު މީސްމީޑިޔާގައި އާންމުވެ އެހީތެރިކަން ބޭނުންވެފައިވާ މާބަނޑު އަންހެން މީހާގެ މައުލޫމާތު މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ހޯދަން ފަށައިފި އެވެ.

އެގޮތުން ދެންމެ އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެހީތެރިކަން ބޭނުންވާ މާބަނޑު އަންހެނެއް ބާޒާރުމަތީ ސަރަޙައްދުގައި އުޅޭ ކަމުގެ މަޢުލޫމާތު އެ މިނިސްޓްރީ އަށް ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

“‏އެހީތެރިކަން ބޭނުންވާ މާބަނޑު އަންހެނެއް ބާޒާރުމަތީ ސަރަޙައްދުގައި އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުން. އޭނާއާ ގުޅޭ މަޢުލޫމާތެއް ލިބިއްޖެ ނަމަ މިނިސްޓްރީގެ ޗައިލްޑް ހެލްޕްލައިން 1412 މެދުވެރިކޮށް ޙިއްޞާކުރުން އެދެން.” ޖެންޑާ މިނިސްޓްރީންބުނެފައިވެއެވެ.

މާލޭގެ މާރުކޭޓު ސަރަހައްދުގައި އާއިލާއިން އެއްވެސް އަޅާލުމެއް ނުލިބި އަދި ބޯހިޔާ ވާނެ ތަނެއް ނުލިބި އެސަހައްދުގައި ސަލާންޖަހަން ކޮންމެ ދުވަހަކު އެތައް ބައެއް ތިބޭއިރު ޖެންޑަރ މިނިސްޓްރީން މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. އަދި މާލޭގެ ބައެއް މަގުމަތީގައި ބޭނުންޖެހިފައިވާ އެތައް ފަރާތްތަކެއްގެ ވާހަކަ މީސްމީޑިޔާގައި ދައުރުވަމުން މިނިސްޓްރީގެ ސަމާލުކަމަށް މިކަންކަން އައިސް އެމީހުންނަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެއެވެ